ދޮގު އިންޓަރވިއުގެ ބޭނުމަކީ ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުން: މަޖިލިސް

BF98F930-11E4-48D0-B809-66128F6FAA8F

ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހީމް ދައްކާފައިވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ބަޔަކު ކޮށްފައިވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަރވިއު ދިން މައްސަލަ ތަޙްޤީޤުކޮށް ދައުވާ ކޮށްދިނުމަށް އެދި ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް އެއިދާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދު، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާއާމެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްޒާމް އަޅުވައި، މި ހިނގާ ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރި ދުވަސްތަކުގައި، ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހީމް ދައްކާފައިވާ ދޮގު އިލްޒާމުތައް ތަޙްޤީޤުކޮށް، އޭނާއާއި އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާމެދު ޖިނާއީ ދައުވާ ކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް އެދިވަޑައިގެން، ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް މައްސަލައެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިކަމަށް މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވަނީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުމަކީ" ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއް

އެބަޔާނުގައި ބުނެފައިވެއެވެ.

ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހީމް ދައްކާފައިވާ ވާހަކައަކީ މިފަދަ ކުށަކަށްވާއިރު، ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައިކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިކަމުގެ މައްސަލައަކީ ނަޝީދު ދައްކަވާ ވާހަކަފުޅު ތަކުން ހެޔޮވިސްނޭ އިސްލާމްދީންދެކެ ލޯބިވާ އެއްމެން ނަށްވެސް ވިސްނެނީ އެއްވާހަކައެއް ނަޝީދުވެސް އަގަ މަޑުންލައިގެން ތިމާއަށްނޭގޭ ވާހަކަނުދައްކާ މި އިސްލާމީ މުޖުތަމައުގައި އުޅެންވީ

    3
    2

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި