ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގެ މިދަނޑިވަޅުގައި، މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ފެން މީޓަރު ފޮޓޯ އާއި ރީޑިން ފޮނުވޭނެ ހާއްސަ ފީޗާއެއް ގައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް މި އިތުރު ކުރެވުނު ފީޗާގެ އެހީގައި އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ، ފެން ބިލްގެ ރީޓިން އަޕްލޯޑް ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ބިލް ތައްޔާރުވެ، ކަސްޓަމަރުންނަށް އެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ. މިގޮތަށް ފެން މީޓަރުގެ ފޮޓޯ އަޕްލޯޑް ކުރުމަށް ކަސްޓަމަރުންނަށް އެސްއެމްއެސް ނޯޓިފިކޭޝަން ފޮނުވާނެ އެވެ.
އެ ކުންފުނިގެ މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވުމަށްފަހު، އެޕްގެ ހޯމް ސްކްރީން އިން ފެންނަ ރީނދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިތުމުން އެޕްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯ އަކާއި މީޓަރުގެ ޑައިލް އިން ފެންނަ އަށް ޑިޖިޓްގެ ނަންބަރު ޖަހަންޖެހޭނެ އެވެ. މި މައުލޫމާތުތައް ފޮނުވުމުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބިލް ތައްޔާރުވާނެ އެވެ.
We are excited to announce that we have made it possible for you to upload meter readings using MWSC Mobile App. Please update MWSC App on your devices to the latest version to use this feature.
For more information visit https://t.co/KWaghMf2hs
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) May 12, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!