ރާއްޖެއިން ކޯވިޑް-19 އަށް މިރޭ 35 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު 897 އަށް އިތުރުވެއްޖެއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ 14 މީހުންގެ އިތުރުން އިންޑިޔާގެ 7 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ މިހާރު 302 އަށް އަރާފައެވެ. އެންމެ ގިނަޢަދަދަކަށް ބަލިޖެހިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށެވެ. އެޤައުމުގެ 494 މީހަކަށް މިހާތަނަށް ވަނީ ކޯވިޑް ޖެހިފައެވެ. މިބަލި ޖެހުނު 31 މީހަކު ރާއްޖެއިން ވަނީ ރަނގަޅުވެފައެވެ. އެއީ18 ދިވެހިންނާއި 13 ބިދޭސީންނެވެ. 3 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

Ad
rt

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިހާތަނަށް ވަނީ 303 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި މާލެ ސިޓީއާއެކު 6 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

ރާއްޖޭގައި މިބަލި މިމަހުގެ 31 ގެ ނިޔަލަށް ޕީކަށް ނުވަތަ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިހާރު ސަރުކާރުން އަލާފައިވާ ފިޔަވަޅުތަަކަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.