މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ބ އަތޮޅު ގޮއިދޫއަށް ލައްގައިފި އެވެ.
މި މިއަރު އެރަށުގެ ފަރުމައްޗަށް ލައްގާފައިވަނީ މިއަދު ގެ ވަގުތެއްގައިކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ބުނެފައި ވެއެވެ. އާމިރު އިތުރަށް ބުނީ އެރަށަށް އެ މިޔަރު ލެއްގި އިރުވެސް މަރުވެފައިވާކަމަށެވެ. މިއަރު ފަރުމަށްޗަށް ލެއްގުމާއިއެކު އެރަށު ޒުވާނުންތަކެއް އެމިޔަރު އެއްގަމަށް އަރުވާފައިވާކަމަށް އާމިރު ބުނެފައިވެއެވެ.
މިނޫހަށަ މަޢުލޫމާތު ދެމުން މުޙައްމަދު ނިޒާމް ބުނީ އެއީ ވަރަށް ބޮޑު މިޔަރެއްކަމަށާއި ގާތްގަނޑަކަށް 12 ފޫޓު ހުންނާނެކަމަށް ބެލެވޭ ކަމަށެވެ. ނިޒާމް އިތުރަށް ބުނީ އެއީ ވިހަން އެހިސާބަށް އައި މިޔަރެއްކަމަށް ލަފާކުރެވޭ ކަމަށެވެ. ދިޔަވަރު ހިކި ވަގުތަކާއި ދިމާވެފައި ވުމުން ބޭރަށް ނުނިކުމެވި މަރުވެފައިވާކަމަށް ބެލެވޭކަމަށް ބުނެފައި ވެއެވެ. އަދި އެމިޔަރު ސަލާމަތްވުމަށް ވަރަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވެފައިވާކަމަށް ނާޒިމް ބުނެއެވެ.
އެމިޔަރު އެއްގަމަށް އެރުވުމަށްފަހު ބަނޑުގައި ހުރި ކުދި މިޔަރުތަށް ސަލާމަތް ކުރެވޭތޯ މިޔަރުގެ ބަނޑު ފަޅާލިއެވެ. ނަމަވެސް ބަނޑުގައި އޮތް 20 ކުޑަ މިޔަރުވެސް މަރުވެފައިވާކަމަށް ބުނެއެވެ. މިހާރު ބޮޑު މިޔަރު ވަނީ ރަށުން ބޭރުކޮށް ކަނޑަށް ދޫކޮށްލާފައިކަމަށާއި ކުދި މިޔަރުތަށް އެރަށުގައި ވަޅުލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ބ. އަތޮޅު ގޮއިދޫ ކައިރިއަކީ އާންމުކޮން ކާލިގަނޑު މިޔަރު ފެންނަ ހިސާބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!