ކޯވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި، "ރިލީފް ޕެކޭޖް"ގެ ތެރެއިން ޓުއަރިޒަމަށް ހާއްސަ ރިލީފް ޕެކޭޖް ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށް މިމަހުގެ 6 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ޓްއަރިޒަމް ސިނާއަތަށް އެހީވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފަ އެވެ.
މިބަޔާން ފެނުމުން ފުވައްމުލައް މެދު ދާއިރާގެ މަޖިލިސް މެމްބަރ ހުސައިން މުޙައްމަދު ދީދީ މިވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މަޓީއަށް ވަރަށްބޮޑަށް ފާޑުކިޔާފައި ވެއެވެ. އެޓުވީޓުގައި ބުނެފައިވަނީ ސަރުކާރުން އެދެމުން ދިޔައީ މުވައްޒަފުންނަށް ދެރަގޮތެއް ނެހެދުމަށްކަމަށާއި އެ އަޑު އެފަރާތްތަކަށް އިވުންތޯ ސުވާލުކުރައްވާފައެވެ. އަދި މިމަގުން ކަން ހިގާއިރު އެ އޯނަރުން ނާއި ސަރުކާރުން ވާހަކަ ދައްކަން ޖެހޭތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ.
ގިނަ ރިސޯރޓް އޯނަރުން އާމްދަނީ ނުލިބޭތީ މުވައްޒަފުން ނޯޕޭއަށް ނޫނީ ކުޑަ އިނާޔަތެއް ލިބޭ ގޮތަށް ފޮނުވާލި ނޫން ތޯ؟ ސަރުކާރުން މިނިސްޓްރ ފައްޔާޒު އެދެމުން ދިޔައީ މުވައްޒަފުންނަށް ދެރަގޮތެއް ނެހެދުމަށް، އެ އަޑު އިވުނު ތޯ؟ސަރުކާރުން ޖެހޭނެ ބާ މިމަގުން ކަން ހިގާއިރު އެ އޯނަރުން ނާ ވާހަކަ ދައްކަން؟ ރިސޯޓް ކުލިވެސް މާފުކުރަން ތޯ ވީ؟ މާލޭގަ އާމްދަނީ ނުލިބޭތީ ގޭ ކުލި ނުދައްކައި ތިބެވޭ ތޯ؟ ފިހާރަ ބަންދު ކޮށްފައި ހުންނާތީ ކުލި ނުދައްކައި ހަމަޖައްސައި ލެވޭ ތޯ؟ މަޓީ ގެ ބަޔާން ފެނުމުން ހިތައް އެރި ސުވާލް ތަކެއް.
ފުވައްމުލައް މެދު ދާއިރާގެ މަޖިލިސް މެމްބަރ ހުސައިން މުޙައްމަދު ދީދީ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ދައްކަން؟ ރިސޯޓް ކުލިވެސް މާފުކުރަން ތޯ ވީ ؟ މާލޭގަ އާމްދަނީ ނުލިބޭތީ ގޭ ކުލި ނުދައްކައި ތިބެވޭ ތޯ؟ ފިހާރަ ބަންދު ކޮށްފައި ހުންނާތީ ކުލި ނުދައްކައި ހަމަޖައްސައި ލެވޭ ތޯ؟ މަޓީ ގެ ބަޔާން ފެނުމުން ހިތައް އެެރި ސުވާލް ތަކެއް.
— Hussain Mohamed (@HunuboliHussain) May 8, 2020
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން މުޙައްމަދު މަޓީއަށް ފާޑުކިއުން އަމާޒުކުރައްވާފައިވާއިރު މަޓީއިން ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!