ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލައިފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް)ގެ ފަންނީ ނިންމުމާއި އިސްލާމިކް މިނިސްޓްރީން މި ހާލަތުގައި އަމަލުކުރުމަށް އިރުޝާދު ދީ ނެރެފައިވާ ސަރކިއުލަރ އަސްލަކަށް ބަލައިގެން އެކުލަވާލައިފާ ކޯވިޑް-19 ޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހުން މަރުވުމުން އަމަލު ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) އެޗްޕީއޭއިން އާންމުކޮށްފިއެވެ.

މި އެސްއޯޕީ އެކުލަވާލަފައިވާ މަގްސަދުތަކުގެ ތެރޭގައި ކޯވިޑް-19 ބަލިޖެހިފައިވާ ނުވަތަ ޝައްކުކުރެވޭ މީހަކު މަރުވުމުން އެބަލި ނުފެތުރޭގޮތަށް ރައްކާތެރިކަމާއެކު މައްޔިތާގެ ހަށިގަނޑު ގެންގުޅުމާއި، އުފުލުމާއި ވަޅުލުމުގެ ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.

Ad
rt

އިތުރު މަގްސަދުތަކުގެ ތެރޭގައި ކޯވިޑް-19 ބަލި ޖެހިގެން ނުވަތަ އެބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތަކުގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅައި މިގޮތަށް މަރުވާ މީހުން ވަޅުލުމުގައި އެއްހަމައެއް ގެންގުޅުމަށް އެސްއޯޕީގައި ވަނީ ބުނެފައެވެ.

މިއެސްއޯޕީގައި، މި އެސްއޯޕީ އަމާޒު ކުރެވިފައިވާ ދާއިރާއާއި، ޒިންމާވާނެ ފަރާތްތަކާއި، ސާމްޕަލް ނެގުމުގައި އަމަލު ކުރާނެ ގޮތާއި، މައްޔިތާ ވަޅުލުމަށް ތައްޔާރުވާނެ ގޮތާއި، ޖަނާޒާ ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން އިތުރު ކަންކަން ވަނީ ބަޔާންކޮށްފައިއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.