ކޯވިޑް-19 އާއި ގުޅިގެން ކުރިމަތި ވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި ފެނަކައިގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ، މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވައި ދިނުމަށް ފެނަކައިން އެދިއްޖެއެވެ.

މިގޮތަށް މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވާއިރު، ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުއްވައި ދެއްވުމަށް ފެނަކައިން ވަނީ އެދިފައެވެ.

Ad
rt

އެކަމާއި ގުޅިގެން ފެނަކައިން ބުނީ މިހާރު ޤައުމަށް ދިމާވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި އެކުންފުނީގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ، މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ، އަދި ގޭގެ ނަމާއެކު ވައިބަރމެދުވެރިކޮށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.

މިގޮތަށް ރީޑިންގ ނުފޮނުވޭ ފަރާތްތައް، ރީޑިންގ، މީޓަރު ނަންބަރު އަދި ގޭގެ ނަން ޖެއްސެއްވުމަށްފަހު އެސްއެމްއެސް ކޮށްދެއްވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

މިފަދަ ދަތި އުނދަގޫ ޙާލަތެއްގައި ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ދެއްވާ އެއްބާރުލުމަށް ފާހަގަކޮށް ޝުކުރު ދައްނަވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު ނަޖާހު، (މޯބައިލް:9944416) އާއި ގުޅުއްވުމަށްވެސް ފެނަކައިން ވަނީ އެދިފައެވެ.