‏ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިވެހި ސަރުކާރުން ޙިއްޞާވާ ދަނޑުވެރިކަމަށް ޚާއްޞަ ކުންފުނި "އެގްރޮ ނޭޝަނަލް ކޯޕަރޭޝަން" އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

Ad
rt

މި ކުންފުނީގެ މައިގަނޑު މަސައްކަތާއި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ ތެރެއިން، ނޫ އިޤްތިޞާދުގެ އަމާޒުތަކާއި އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އާލާކުރުމެވެ.

އޭގެ އިތުރުން ދުރުރާސްތާގެ ކާބޯތަކެތީގެ ޔަގީންކަން ހޯދުމަށާއި، އިމްޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ހާސިލުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުންވެސް މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޯވިޑް -19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ކާބޯތަކެތި ހޯދުމަށް މިދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށް އިސްކަންދީގެން، ދަނޑުވެރިކަމުގެ އަމާޒުތަކަށް ކުރަމުންއައި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެވިފައި ވާ ކަމައް އެކުންފުނިން ވަނީ ބުނެފައެވެ.

މިގޮތުން ރަމަޟާން މަހު ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން އުފައްދާފައިވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރަށު ކައުންސިލްތަކާ ގުޅިގެން އެ ކުންފުނިން ގަތުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައިވާ ކަމަށް އެކުން ފުނިން ވަނީ ބުނެފައެވެ.

އެކުންފުނިން ދަނޑުވެރިން ގުޅުމަށް އަތޮޅުތަކަށް ހާއްސަކޮށްފައިވާ ނަމްބަރުތައް
ހއ، ހދ، ށ، ނ، ރ، ބ. 3320833
ޅ، ކ، އއ، އދ، ވ، މ، ފ. 3320834
ދ، ތ، ލ، ގއ، ގދ، ސ، ޏ. 3320835

ކުންފުނީގެ މަސައްކަތްތައް ކުރިޔަށްދާން ގޮތް:

މި ކުންފުނިން ދިވެހިރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީ ކުރުމަށް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.