ައަތޮޅުތެރެއިން ކޯވިޑް- 19ގެ ބަލިމީހުން ދެނެގަތުމާއި ބަލިއުޅޭތޯ ބެލުމުގެ ނިޒާމް ޤާއިމުކުރުމުގައި
ޢަމަލު ކުރާނެ ގޮތުގެ އުސޫލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާންމުކޮށްފިއެވެ.
މިއުސޫލުގައި ޓްރެވެލް ހިސްޓްރީ ހުރި ފަރާތްތަކާ މެދު ޢަމަލު ކުރަންޖެހޭ ގޮތްކަމުގައި ބުނެފައިވަނީ މާލެ އޭރިޔާއިން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް، ރިސޯރޓްތަކުން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް އަދި
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން އުޅޭ އެއްވެސް ރަށަކުން ގޮސްފައިވާ ފަރާތެއްނަމަ، އެރަށަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ ޢަލާމާތްތައް ފެނިއްޖެނަމަ މަތީގައިވާ ފްލޯޗާރޓާއި އެއްގޮތަށް ޢަމަލު ކުރަންވާނެއެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން މިފަރާތުގެ ޑައިރެކްޓް ކޮންޓެކްޓްތައް (ހައިރިސްކް އަދި މޮޑަރެޓް ރިސްކް) ގޭގައި ކަރަންޓީން ކުރަންވާނެކަމަށެވެ.
ކަރަންޓީން ކުރުމާއި ގުޅޭގޮތުންް ބުނެފައިވަނީ ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ނުވަތަ ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ރަށަކުން ދަތުރުކޮށްފައިވާ ނުވަތަ ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމުގައިވާ ކޯވިޑް-19ގެ ޢަލާމާތެއް ނެތް މީހަކު ގޭގައި ނުވަތަ ފެސިލިޓިގައި 14 ދުވަހަށް ނުވަތަ ހާލަތަށް ބަލާ އެޗް.ޕީ.އޭ. އިން ކަނޑައަޅާ މުއްދަތަކަށް އެކަހެރިކޮށް ބެހެއްޓުންކަމަށެވެ.
ޮޕޮޒިޓިވް މީހަކު ފެނިއްޖެ ނަމަ އަމަލު ކުރަންޖެހޭ ގޮތްކަމުގައި ބުނެފައިވަނީ:
• އެއްވެސް ފަރާތެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން ރަށުގައި ކަނޑައެޅިފައިވާ ތަނެއްގައި އައިސޮލޭޓް ކޮށްފައި ބަހައްޓަންވާނެއެވެ.
• ޕޮޒިޓިވްވި ފަރާތް ދިރިއުޅޭ ގެ ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިމެންދެން މޮނިޓަރިންގައި ބަހައްޓަންވާނެއެވެ. މޮނިޓަރިންގ ކަނޑަައޅާ ލިޔުން ދޫކުރާނީ އެން.އީ.އޯ.ސީ.ގެ ލީގަލް ކްލަސްޓަރއިންނެވެ.
މިފަރާތުގެ ޑައިރެކްޓް ކޮންޓެކްޓްތައް (ހައިރިސްކް އަދި މޮޑަރެޓް ރިސްކް) ކަރަންޓީން ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ އެކަމަށް ރަށުގައި ކަނޑައަޅާފައިވާ ތަނެއްގައި ކަރަންޓީން ކުރަންވާނެއެވެ.
ކަށަވަރު ކުރަންޖެހޭ އާންމު މިންގަނޑުތައް
• ރަށުތެރޭގައި ގައިދުރުކަން ބެހެއްޓުމަށް ބާރުއެޅުން
• ދެމީހުންގެ ދޭތެރޭގައި މަދުވެގެން 3 ފޫޓުގެ ދުރުމިން ބަހައްޓަން ބާރުއެޅުން
• ބަލީގެ ޢަލާމާތެއް ހުރިނަމަ ނުވަތަ ބަލިވެ އުޅޭނަމަ ގޭގައި މަޑުކުރުމަށް ބާރުއެޅުން އަދި ކަނޑައެޅިފައިވާ ފަރާތައް އެންގުމަށް އިލްތިމާސްކުރުން
• ރޯގާޖެހި ކެއްސާނަމަ ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫ، ރައްކާތެރިގޮތުގައި ޑަސްބިނަށްލުމަށް (2 ކޮތަޅު ލައްވާފައިވާ ބެހެއްޓުމަށް) އިރުޝާދު ދިނުން.
• އާންމު ތަންތަން ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގައި ކަނޑައެޅިފައިވާ ގޮތަށް ޢަމަލު ކުރުމަށް އިރުޝާދު ދިނުން.
ބިދޭސީން ދިރިއުޅޭ ރަށްތައް:
• ރަށުގައި އުޅޭ ބިދޭސީންގެ ލިސްޓެއް ނެގުމާއި ބިދޭސީން ތެރޭގައި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް ދެނެގަތުމަށް އެމީހުން އުޅޭ ހިސާބަށް ދިއުން.
• ރޯގާގެ އަލާމާތްތައް ހުރި ބިދޭސީން ރަށުތެރެއިން ގިނަ ޢަދަދަކަށް ފެނިއްޖެނަމަ، އެޗް.ޕީ.އޭ.އަށް ވީއެންމެ އަވަހަކަށް ރިޕޯރޓް ކުރުން.
• ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރަށުގައި އުޅޭ ބިދޭސީން ޞިއްޙީ ޚިދުމަތްދޭ ތަނަކަށް އަމިއްލައަށް ރިޕޯރޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން
ާއާންމުން ހޭލުންތެރިކުރުން:
• ކޯވިޑް-19އިގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން.
• ކޯވިޑް-19އިގެ ނުރައްކަލަށް އިތުރަށް ހުށަހެޅިދާނެ ފަރާތްތަކާއި (މިސާލު: މާބަނޑު މީހުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް) އަދި ދާއިމީ ބަލިހުންނަ ފަރާތްތައް (މިސާލު: ހަކުރުބަލި، ހިތުގެ ބަލި، ކިޑްނީގެ ބަލި، ފުއްޕާމޭގެ ބަލި، ކެންސަރު ފަދަ) ހޭލުންތެރިކުރުން.
އަތޮޅުތަކުން ކޯވިޑް-19ގެ މަސައްކަތުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ކުރިއަށް ގެންދަންވާނެކަމށް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް މުހިންމު ކަންތައްތަކެއް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!