އޭޕްރީލް 15 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާރމިނަލްތެރޭ ގައި ބަހައްޓާފައި ހުރި ތިޖޫރިއެއް އާންމު ފަރާތަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާކަމަށާއި މި ތިޖޫރީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ތިޖޫރީ އަކީ ކަޅު ކުލައިގެ ތިޖޫރިއެކެވެ. އެ ތިޖޫރީގެ ވަރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 454657 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތިޖޫރީއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!