ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.
މާލޭގައި ބިދޭސިން ދިރިއުޅޭ ތަނެއް ސްކްރީން ކުރި އިރު 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުއިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުންފައެވެ.
އެގޮތުން މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 108 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 23 ޕޮޒިޓިވް ކޭސް ފެނިފައެވެ. މިއަދަކީ މިހާތަނަށް މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
މިހާތަނަށް 1675 ކޮންޓެކްޓް ވަނީ ހޯދިފައި. ރޭގެ ޕްރެސް ކޮންފަރެންސަށް ފަހު 23 މީހަކު ވަނީ ޕޮޒިޓިވް ވެފައި. މީގެ އިތުރުން 217 މީހުން ވަނީ މޮނިޓަރިންްގެ ހާލަތުގައި. އައިސޮލޭޝަންގައި 189 މީހުން އަދި ކަރަންޓީންގައި 1546 މީހުން އެބަތިބި.
ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.
މިއެންމެންވެސްތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައިކަމަށް އެޗްޕީއޭއިން ވިދާޅުވޭ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!