މާލެއިން މިއަދު 9 މީހަކު ކޯވިޑް-19އަށް ފަައްސި ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަލަށް ފައްސިވީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުން ކަމަށެވެ.

Ad
rt

އެ މީހުން އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 94 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ 77 މީހުން އެބަތިއްބެވެ. ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ފައްސިވިކަން އެނގުނު 2 މީހަކު ތިބީ އެމީހުންގެ ޤައުމުގައެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 44 ދިވެހިންނާއި 50 ބިދޭސީންނެވެ. މާލެފިޔަވާ މީހުން އުޅޭ ރަށަކުން މިބައްޔަށް ފައްސި ވެފައިވަނީ ހއ. އުލިގަމު މީހެކެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 4696 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 85 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 4227 މީހުންނެވެ. 383 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.