ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މިކަމުން އަރައިގަތުމަށް އެކިފަރާތްތަކުން އަންނަނީ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންނެވެ. އެމީގެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިފަހަރު މި ފާހަގަ ކޮށްލަނީ ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި އަލީ ޒަކަރިއްޔާ / އާވެހި ގެ ވާހަކަ އެވެ. މެޑިކަލްގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި ޚިދުމަތް ކުރަމުން އަންނަ ޒުވާނެއްގެ ވާހަކަ އެވެ.

Ad
rt

ސްކޫލްތަކާއި އެކި ރިސޯޓު ތަކުގައި މަޝްހޫރު ނަމުން ނަމަ "މެޑިކް ސާރ" ވަނީ 99 ފޭސް ޝީޑް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާ ކޮށްފައެވެ. އަދިވެސް އިތު ފޭސް ޝީލްޑް ތައްޔާތުކޮށް ހަދިޔާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އައްޔަ ވަނީ ބުނެފައެވެ.

މި ފޭސް ޝީލްޑްތައް ތައްޔާރު ކުރާ މަންޒަރު މީސްމީޑިޔާއަށް ދޫކޮށްލުމާއިއެކު އެކިފަރާތްތަކުން އައީ މިތަކެތި ތައްޔާރު ކުރާނެ ގޮތް އޮޅުން ފިލުވަން ސުވާލުކޮށްފައެވެ. އެފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި މިތަކެތި ތައްޔާރުކުރާނެ ގޮތުގެ ޓިއުޓޯރިއަލް ވީޑިއޯއެއްވަނީ ތައްޔާރުކޮށް ހިއްސާކޮށްފައެވެ. މިވީޑިއޯގައި މިކަމަށް ބޭނުންވާނެ ހުރިހާ އާލާތްތަކާއި ތައްޔާރުކުރާނެ ގޮތް ފެށިގެން ނިމެންދެންވަނީ ކިޔައިދީފައެވެ.

ތިލަދުންއާއި ވާހަކަ ދައްކަމުން އައްޔަ ބުނެފައިވަނީ މިތަކެތި ތައްޔާރުކުރުމުގެ ވިސްނުން އައީ މިދުވަސްވަރު މިފަދަ އާލާތްތަކަށް ބޭނުންވެފައިވާ މިންވަރު އިންތިހާއަށް ބޮޑުވެފައި ވުމުން، އަމިއްލައަށް ތައްޔާރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމުގައި އައްޔަ ބުނެފައި ވެއެވެ.

ކޮންމެ އެއްޗަކީ އިންޕޯޓުކޮށް ބޭނުން ކުރަންޖެހޭ އެއްޗެއްނޫން، އަމިއްލައަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ މުހިންމުކަމެއް،

އައްޔަ ބުނެފައި ވެއެވެ.

އައްޔަ ބުނެފައިވަނީ 100 ފޭސް ޝީލްޑް ތައްޔާރުކޮށްފައިވަނީ އެންމެ 12 ގަޑިއިރުން ކަމަށެވެ. މިތަކެތި ތައްޔާރުކުރުމުގައި އައްޔަ އަމަލުކުރަނީ ރައްކާތެރި ގޮތުގައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން މަސައްކަތުގައި އުޅޭއިރު އަންގި ލައްވާ، ފޭސް މާސްކް އަޅާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

އައްޔަ އަކީ ކުޅުދުއްފުށީގެ އެކިއެކި މުވައްސަސާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން މިދިޔަ މަހުގެ17 ވަނަ ދުވަހު ކުޅުދުއްފުށީ ކޯވިޑް-19 ކޮމާންޑް ސެންޓަރު އަދި ފުލޫ ކުލިނިކުގައި ބޭނުންކުރުމަށްޓަކައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ލެޕްޓޮޕެއް ހަދިޔާ ކުރައްވާފައެވެ.

އައްޔަގެ އެދުމަކީ އެމީހަކަށް ވީވަރަކުން މި ވަބާއިން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ކުރުމެވެ. މިފަދަ މުސީބާތުގެ ވަގުތުތަކުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް އެކަކު އަނެކަކަށް އަޅާލުމަށް އައްޔަ ވަނީ އެންމެންގެ ކިބައިން އެދިފައެވެ. އަދި މިފަދަ ވަގުތުތަކުގައި މުވައްސަސާތަކުގެ އެންގުނަތަކަށް ކިޔަމަންތެރިވުމަށް އެދިފައިވެއެވެ.