މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، 24 ވާ ހުކުރު ދުވަސް ކަމަށް ފަލަކީ އިލްމުގެ މައްޗަށް ބުރަވެ ހަނދު ކޮމިޓީ އިން ނިންމުމާ ގުޅިގެން، މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރޯދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑަައަޅައިފި އެވެ.
މިރޭ ވާރޗުއްލްކޮން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނީ، މާދަމާ އަކީ މި އަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މި ހިނގާ އޭޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ އެވެ.
އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.
މިޒަމާނުގެ މުޖައްރިބު ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން، ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް މިއަދު ހަނދު އޮއްސޭނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން، ވެރިރަށް މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 23 މިނެޓް ކުރިން އަދި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް، މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!