ބަންގްލަދޭޝުން ރާއްޖެއަށް ދޭ 100 ޓަނުގެ ހިލޭ އެހީ ރާއްޖެ ގެނެސް، ދިވެހި ސަރުކާރާއި ހަވާލު ކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ބަންގްލަދޭޝުން ރާއްޖެއަށް ދިން މި ހިލޭ އެހީގައި ކާޑުގެ ބާވަތްތަކާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްގެ 100 ޓަނުގެ ސާމާނު ހިމެނެއެވެ.
ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ފޯރުކޮށްދިން މިތަކެތި ރާއްޖެ ގެނެސްފައި ވަނީ އެގައުމުގެ އަސްކަރީ މަނަވަރެއްގަ އެވެ. މި މިނަވަރު ރާއްޖެ އައީ ރޭގެ ވަގުތެއްގައިއެވެ.

ބަންގަލަދޭޝުން ފޯރުކޮށްދިން އެހީ ރާއްޖެ ބޭލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އޭގައި 20،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އާއި، އަދި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އާއި 5،000 ހޭންޑް ސެނިޓައިޒާ ފުޅި މީގެ ތެރޭގައި ހުންނާނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ބަންގްލަދޭޝުން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތައް ވެސް ހިމެނެ އެވެ.
އެތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައިއެވެ.
Sincerely grateful for the immense assistance provided by the Armed Forces, the Government & the people of Bangladesh in our crucial time of need. Our two militaries have enjoyed an amicable & everlasting friendship for over many decades. Thank you! @ChiefBangladesh @theBDnavy pic.twitter.com/vcJH53ya46
— Maj. Gen. Abdulla Shamaal (@CDFofMNDF) April 22, 2020
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދު ﷲ ޝަމާލް އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ބަގްލަދޭޝް ސަރުކާރުގެ މިއެހީތެރިކަން ފާހަގަ ކުރައްވައި، ފޮރިން މިނިސްޓަރ ޝާހިދު އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދާއި، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ، ބަގްލަދޭޝް ސަރުކާރުންގެ އެހީތެރިކަމާއި އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެެ.
ބަންގްލަދޭޝުން ވަނީ ނޭޕާލާއި، އެ ޤައުމުގައި ރާއްޖެ ނާދެވިފައި ތިބި 71 ދިވެހިންވެސް ރާއްޖެ ގެނެސްދީފައެވެ. އަދި ކޯވިޑް-19 ގެ ހާލަތަށް މަދަދުވެރި ވުމަށް 10 ޑޮކްޓަރުންގެ މެޑިކަލް ޓީމެއްވެސް އެ ޤައުމުން ވަނީ ރާއްޖެއަށް ފޮނުވާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!