މާލެއިން އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ފައްސިވެ މާލެއިން ފައްސިވި މީހުންގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ.

މީގެ އިތުރުކޮޅެއް ކުރިން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި 2 ދިވެހިންނަކީ ފްލޫކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ދެމީހުންނެވެ. މިދެމީހުން އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ad
rt

މި ދެމީހުންނާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 66 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 86 މީހެކެވެ.

މާލެއިން ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ފައްސިވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައިވެސް އުޅޭމީހުން ފެނިފައިވާތީ އެމީހުންނާއި ދިމާވި މީހުން ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އާންގަވާފައެވެ.
ފައްސިވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައިވެސް އުޅޭމީހުން ފެނިފައިވާތީ އެމީހުންނާއި ދިމާވި މީހުން ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އާންގަވާފައެވެ.