ހދ. ނޮޅިރަމް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ.
މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަލަށް ސާޅީސް ތަނެއް މޮނިޓަރިން ހާލަތަށް ގެނެވިފައި ވާކަމަށާއި، މިހާރު ޖުމްލަ 190 ތަނެއް މޮނިޓަރިން ހާލަށް ގެނެވިފައިވާ ކަމަށެވެ.
ކުރިން މޮނިޓަރިން ހާލަތުގައި ހުރި ބައެއް ތަންތަން މިހާރު އެ ހާލަތުން ނެގިފައިވާ ކަމަށް ވިދާޅުވެ، މަބްރޫކް ވިދާޅުވީ ހދ. ނޮޅިވަރަމްވެސް މޮނިޓަރިން ހާލަތުން ނެގުނު ތަންތަނުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ނޮޅިވަރަމަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ނޮޅިވަރަމްގެ އިތުރު ރ. މުރަވަންދޫއާއި، ރ. ބޮޑުފުށިވެސް މޮނިޓަރިން ހާލަތުން ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ،
ނޮޅިވަރަމް މޮނިޓަރިން ހާލަތުން ނެގި ނަމަވެސް އަދިވެސް އުތުރުގެ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!