މިހާތަނަށް އައި އިރު ފައްސި ވެފައިވާ މީހުންނާއި ސީދާ ބައްދަލުވި 1370 މީހުން ހޯދިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 10370 ސީދާ ބައްދަލުވި މީހުން ހޯދިފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު
- މިހާތަނަށް 4383 ސާމްޕަލް ނެގިފައި
- 4041 ސާމްޕަލް ނައްސި
- 259 ސާމްޕަލްގެ ނަތީޖާ ނުލިބޭ
- 83 މީހުންފައްސި
- އައު 17 ކޭސް، ރޭ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިއަދުގެ ބައްދަލުވުމާއި ހަމައަށް
- 1370 ސީދާ ބައްދަލުވި މީހުން
- މިއަދު 40 އިމާރާތަކާއި، ތަނެއް މޮނިޓަރިން އަށް ގެނެވިފައި، ޖުމްލަ 190 ތަނެއް މިހާރު މޮނިޓަރިންގައި
- 138 މީހުން އައިސޮލޭޝަން ފެސިލިޓީސްގައި
- 1286 މީހުން ކަރަންޓީނު ފެސިލިޓީސްތަކުގައި
މަބްރޫކު ވިދާޅުވީ ބ. ފުޅަދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ތުޅާގިރި އައިލެންޑް ރިސޯޓު އަދި ކ. ކުޑަވިލިނގިލި މިހާރު އަލަށް މޮނިޓަރިންއަށް ގެނެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީހަކު ބައްޔަށް ފައްސި ވެފައިވާ ކަމަށް ދެކެވޭ ވާހަކަވެސް ތެދެއްކަން މަބްރޫކު ޔަޤީން ކޮށްދެއްވިއެވެ. ބަލި ޖެހުނު ގޮތް ދެނެ ގަތުމަށް އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާކަމަށާއި، އެމްއެންޑީއެފާއި ޕޮލިހާއި އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނު ހުންނާނީ ދޫކޮށްފައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!