މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބާއި، ގުޅިގެން ފެނަކައިން ސަސްޕެންޑުކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އިންޓާނަލް ސަސްޕެންޝަންގައި ތިބި އެކުންފުނީގެ މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެއިން ފެށިގެން އުވާލައިފައިވާ ކަމަށެވެ.

Ad
rt

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހަޅައިފައިވާ މުވައްޒަފުން ފެބުރުއަރީ މަހު 20 ވަނަ ދުވަހުން ފެށިގެންވަނީ ސަސްޕެންޑު ކޮށްފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ކުރިން ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮރޯނާވައިރަސްއާ ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ހާލަތު އިންތިޚާބެއް ބޭއްވޭ ވަރަށް ރަނގަޅު ނޫން ކަމަށް ނިންމައި އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު، 204 ސިވިލް ސާވަންޓުންވެސް ވަނީ ވަޒީފާ އިން ސަސްޕެންޑްވެފަ އެވެ.