މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބުދު ﷲ ފައިރޫޒް ވިދާޅުވީ މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މި ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް ކަމަށާއި، އެއީ ކޮން ސަރަހައްދެއްކަން އެޕްލައި ކުރާ ފަރާތަކަށް އެނގޭނެ ކަމަށްވެސް އޭސީޕީ ފައިރޫޒް ވިދާޅުވިއެވެ.
އެކަމަށް ހުއްދަ އަށް އެދުމަށް ޕޮލިސްގެ ޕޯޓަލް އިން ފޯމު ފުރައި، ފޯމު ސަބްމިޓް ކުރުމުން ފޯމުގައި އޮންނަ ނަންބަރަށް ފުލުހުން ކިޔޫއާރު ކޯޑެއް ފޮނުވާނެ ފައިރޫޒް ވިދާޅުވިއެވެ.
ފައިރޫޒް ވިދާޅުވީ ފުލުހުން ބައްލަވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހަމަ އެކަނި ފިހާރަ އަށް ގޮސް އެއްޗެހި ޕިކް ކުރެވޭނެ ނިޒާމެއް ހަމަޖެހޭތޯ ކަމަށެވެ.
މާލެ 26 ޒޯނަކަށް ބަހާލައި، މަގުމަތީގައި އުޅޭ މީހުން މަދުކުރުމަށް ޓަކައި ފުލުހުން ހުއްދަދޭ ގޮތްތަކާއި އެ ހުއްދަތަކާ ދޭތެރޭ އަމަލު ކުރާ ގޮތަށް މާދަމާ އިން ފެށިގެން ބަދަލު ގެނެވޭނެ ކަމަށް ފައިރޫޒު ވިދާޅުވިއެވެ.
މާލެ ސިޓީ އިތުރު 14 ދުވަހަށް ލޮކްޑައުން ކޮށްފައި ވާއިރު، މިރޭ ވަނީ 15 ވަނަ މީހަކު މާލެއިން ކޮވިޑް-19 އަށް ފައްސި ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!