އިއްދިއްގާދީ މެމޯރިއަލްގެ އައި.ސީ.ޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ އަކީ ދޮގެއް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު އެ ހޮސޕިޓަލިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން، އެ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލައި، ޓްރެކިއޯސްޓޮމީ
ހެދުމަށް ހޮސްޕިޓަލުން އެދެމުން ދާކަމަށް ދެކެވެމުން ދަނީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ.

Ad
rt

ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓާރ ގެ އެހީ ބޭނުންވާ ޕޭޝަންޓުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރާ ކަމެއްކަމަށާއި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެ ހޮސްޕިޓަލުން ތަކުރާރުކޮށް ނަސޭޙަތްތެރިވާ ކަމުގައި ދަންނަވާފައިވެއެވެ.

ކޯވިޑް19 އާއި ގުޅިގެން ތަފާތު ސައްހަނޫން ވާހަކަތައް މީސްމީޑިޔާގައި އާންމިވެފައިވާތީ ސަރުކާރުން އަންނަނީ މީސްމީޑިޔާގައި ދެކެވޭ ވާހަކަތައް ގަބޫލު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދެމުންނެވެ. އަދި ސައްހަ މަޢުލޫމާތު ހޯދުމަށް ރަޖިސްޓްރީ ކުރެވިފައިވާ ނޫސްތަކަށް ބަރޯސާވުމަށް ވަނީ އެދިފައެވެ.