މާލެއިން 9 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއީ މާލެއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 28 މީހެކެވެ. މީގެ ތެރެއިން 9 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
Case: MAV029
Samples taken from a Maldivian national who was a Direct Contact of Case: MAV027 has tested POSITIVE for #COVID19
This is the 9th person to became POSITIVE for COVID-19 in Male’ City.
The person is currently being transferred in an Isolation Facility. #StayHome
— Health Protection Agency (@HPA_MV) April 17, 2020
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހާއަކީ ކޭސް 27އާ ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ސިއްހީ އިދާރާތަކުން މީގެ ކުރިން ހާމަކުރި ގޮތުގައި ކޭސް 27 އަކީ މާލޭން ބަލި ފެނުނު މީހުންނާ ސީދާ ކޮންޓެކްޓެއް އޮތްކަން އެނގިފައިނުވާ މީހެކެވެ. އަދި އޭނާއަށް ބަލި ޖެހުނު ގޮތެއް ވެސް ނޭނގެއެވެ.
މި ކޭސްއާއެކު ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 29 އަށް އިތުރުވާނެއެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ މޭލެއިން ޕޮޒިޓިވްވި މީހުންނެވެ.
މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:
15 އޭޕްރީލް - އެކަކު
16 އޭޕްރީލް - 2 މީހުން
17 އޭޕްރީލް - 6 މީހުން
ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!