ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށް ފުޅިއަޅައިގެން އެންދަމަން ފީނި، މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެމީހާ ހޯދަމުން ދަނިކޮން ފެނިފައިވަނީ ކަނޑު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ. މިހާދިސާގެ ރިޕޯޓް މިރޭ 20:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Ad
rt

މިހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުން ދަނީ "އަސްދާން" ނަމަކަށް ކިޔާ ދޯނިން އެންދަމަން ފޭބި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީނާ ފީނަން ފޭބިއިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެކެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.