މާލެއިން އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް ފައްސި ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދިޓެސްޓުން އެމީހާ ފައްސި ވެއްޖެ ކަމަށެވެ.
މިއީ، މާލެއިން މި ބައްޔަށް ފައްސިވި ހަވަނަމީހާ ކަމަށާއި، އެ މީހާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން އެޗްޕީއޭއިން ވަނީ 22 ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފައެވެ. އޭގެ ތެރޭގައި އަތޮޅު ތަކުގެ ބައެއް ރަށްތަކުގެ ގެތައްވެސް ހިމެނެއެވެ.
ކޭސް: 26# ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި،ހެދިޓެސްޓް ޕޮޒިޓިވް ވެއްޖެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ، އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ— Health Protection Agency (@HPA_MV) April 17, 2020
ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 26 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ އަށް މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 11 ދިވެހިންނާއި 15 ބިދޭސީންނެވެ.
މިބައްޔާއި ގުޅިގެން ރާއްޖޭގައި 985 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3497 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 26 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3136 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!