7207438 ނަމްބަރުން ގުޅައި، އޮޅުވާލައިގެން ފައިސާއިން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ.
ބޭންކް އޮފިޝަލުން ކަމަށް ހެދިގެން އެ ނަމްބަރުން ގުޅަނީ އޮޅުވާލައިގެން ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށާއި، އެފަދަ ކޯލުތަކަށް ސަމާލުވެ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމާއި، އެ ކޯލަށް ޖަވާބު ނުދިނުމަށް ފުލުހުން އެދިފައި ވެއެވެ.
why you can't block that number.
— ali.sulaiman (@AliSulaimanu) April 16, 2020
ފުލުހުން ބުނީ ފޭކު ނަންބަރުތަކުން ގުޅައި، އެކައުންޓަކަށް ފައިސާ ޖަމާކުރުމަށާއި ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑު އަދި ޕިން ހޯދަން އެދެމުން ދާ ކަމަށާއި، އެ ފަދަ ކޯލުތަކަށް ސަމާލުވެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދޭ ކަމަށެވެ.
ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!