މާލެ ސިޓީ ލޮކްޑައުންގައިވާ ހާލަތުގައި ބޭސް ސިޓީ ފޮނުވުމުން ކޮންމެހެން ބޭނުންވާ ބޭސްތައް، ގެއާ ހަމައަށް ފޯރު ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ 7922035 ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެ ކަމަށެވެ.
އެ ޚިދުމަތަށް އެދިލަށްވާއިރު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
@StoMedical will coordinate with command centers to deliver urgently needed medicines to residences.
You may send us the prescription and a picture of patient ID to 7922035 with the delivery address and contact details to our Pharmacy. #EmmengeSTO @stoplc— STO Medical Services (@StoMedical) April 16, 2020
ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީން ގެނެސްދޭ ގޮތަށްވެސް އެކުންފުނިންވަނީ ހަމަޖައްސައިދީފައެވެ. މިހިނގާ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެ ކުންފުނިން މިގޮތަށް ހަމަޖައްސައި ދިނީ ކޯވިޑް-19ގެ ހާލަތާއެކު ދާއިމީ ބަލިތަކަށް ބޭސް ފަރުވާ މީހުން ބޭނުންކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ގެނެސް ދިނުމަށް އެހީތެރި ވުމުގެ ގޮތުންނެވެ.
ލޮކްޑައުންގެ ހާލަތުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި އާސަންދަ ގުޅިގެން 10 އޮންލައިން ފްލޫ ކްލިނިކްތަކެއް އިއްޔެ ވަނީ ހުޅުވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!