ކޮވިޑް-19 އަށް މިއަދު މާލެއިން ދިވެއްސެއް ފައްސިވުމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދު ލޮކްޑަވްން ކޮށްފައިވާތީ، އެސްޓީއޯ އޮންލައިން ވިޔަފާރީގެ ޚިދުމަތް “އީސްޓޯރ.އެމްވީ” ވަގުތީ ގޮތުން ހުއްޓާލާފައި ވިޔަސް ހުއްދަ ލިބުމާއި އެކު ޑެލިވަރީގެ ޚިދުމަތް ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ “އީސްޓޯރ.އެމްވީ”އިން އޮންލައިން ކޮށް ވިޔަފާރި ކުރަށްވާ ފަރާތްތަކަށް ޑެލިވަރީ ކޮށްދިނުމަށް ޓަކައި، އެކުންފުނީގެ ޑެލިވަރީ ޓީމް "ރެޑްބޮކްސް މޯލްޑިވްސް" އަށް، އެކަމަށް ބޭނުންވާ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

Ad
rt

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް ގަނެލެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައެވެ.

މިކަމަށް ހާއްކޮށް އެސްޓީއޯއިން ތަޢާރަފްކޮށްފައިވާ ވެބްސައިޓް “އީސްޓޯރ.އެމްވީ” އަށް ޒިޔާރާތްކޮށްލުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެ ގޮތް އެސްޓީއޯއިން ވަނީ ފަހިކޮށްދީފައެވެ.

ތިލަދުން | Thiladhunއެސްޓީއޯގެ "eSTOre.mv": ގޭގައި ތިބެގެން ވިޔަފާރިކޮށްލުމަށް ރަނުގެ ފުރުސަތެއް!އާންމު ދިރިއުޅުމަށް ބޭނުންވާނެ ކޮލިޓީ ތަކެތި ގޭގައި ތިބެގެން ވިޔަފާރިކޮށްލެވުމަކީ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ. އިޖުތިމާޢީ ގައިދުރުކަން އިސްކޮށް ވީހާވެސް އެކަހެރިވެ ގެއިން ބ...

ކޮވިޑް-19އާ ގުޅިގެން މާލެސިޓީ "ލޮކްޑައުން" ހާލަތަށް ގެނައީ 24 ގަޑިއިރުގެ މުއްދަތަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.