ޕޮޒިޓިވްވީ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން 25 އެޕްރީލް 2020 ގައި ވަނީ ފެނިފައިކަމަށާއި މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންކަމަށް ބުނެފައިވެއެވެ.
މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފަކަމަށާއި މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށް ބުނެފައިވެއެވެ.
އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާކަމަށާއި މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާފައިވެއެވެ.
މިކަމާގުޅޭ މަޢުލޫމާތު އިތުރަށް ލިބެމުންދާވަރަކަށް ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!