މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޯވިޑް19 އަށް ޕޮސިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައިކަމަށާއި މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށެވެ.
މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައި. މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ
މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން— Health Protection Agency (@HPA_MV) April 15, 2020
އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން
އެޗްޕީއޭގެ ޓުވީޓުގައި ވެއެވެ.
މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
އެ ހަތަރު މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނުގައި ތިއްބަ އެވެ.
މާލެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،000 މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި ދިރާސާއިން ވަނީ ދައްކައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!