ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިކަމަށް މިވައިރަސްގެ ތަފާސް ހިސާބުތަށް ބަލަހައްޓަމުން އަންނަ ފަރާތްތަކުން ބުނެފިއެވެ.
15 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 1010 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ފައްސިވި މީހުންގެ ޢަދަދު: 2،000،0043
މަރުވި މީހުންގެ ޢަދަދު: 126,753
ރަނގަޅުވި މީހުންގެ ޢަދަދު:484,573
ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް މިބަލި ފެތުރޭ ނިސްބަތަށް ބަލާއިރު، އަދިވެސް ބަލި ކޮންޓްރޯލު ވަމުން ދާ ކަމަށް ހިސާބުތަކަކުން ނުދައްކައެވެ.
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
- 2020 އޭޕްރިލް 1، 900،000 މީހުން
- 2020 އޭޕްރިލް 2، 1،000،000 މީހުން
- 2020 އޭޕްރިލް 3، 1،100،000 މީހުން
- 2020 އޭޕްރިލް 4، 1،200،000 މީހުން
- 2020 އޭޕްރިލް 6، 1،300،000 މީހުން
- 2020 އޭޕްރިލް 8، 1،500،000 މީހުން
- 2020 އޭޕްރިލް 10، 1،600،000 މީހުން
- 2020 އޭޕްރިލް 11، 1،700،000 މީހުން
- 2020 އޭޕްރިލް 12، 1،800،000 މީހުން
- 2020 އޭޕްރިލް 13، 1،900،000 މީހުން
- 2020 އޭޕްރިލް 15، 2،000،000 މީހުން
މިބަލި ކޮންޓްރޯލް ނުވެ އެންމެ ބާރު މިނެއްގައި ފެތުރެނީ އެމެރިކާގައެވެ. އެންމެ ގިނަ މީހުންނަށް ބަލިޖެހި، މަރުވީވެސް އެ ޤައުމުންނެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 613,886 އަރައިފައެވެ. އަދި އެ ޤައުމުން 26,047 މީހުންގެ މިބަލީގައި ވަނީ މަރުވެފައެވެ. އެ ޤައުމުން މިބަލިން ރަނގަޅުވެފައި ވަނީ 38,820 މީހުންނެވެ.
2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 210 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ނޮވެލް ކޮރޯނާވައިރަސްއަށް ފައްސިވި މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިވާއިރު މި ވައިރަސްއިން 3 ބާވަތެއް އުފެދިއްޖެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
As the world approaches 2 million #COVID19 cases, @WHO is updating its global response strategy to support countries to save lives & stop the #coronavirus. The updated strategy summarizes what we’ve learned & charts the way forward, incl criteria for lifting current restrictions. pic.twitter.com/uxhxJIbg0S
— Tedros Adhanom Ghebreyesus (@DrTedros) April 14, 2020
އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންގެ ޓީމަކުން މިކަން ހާމަ ކުރީ ނޮވެލް ކޮރޯނާ ވައިރަސްގެ ޖެނެޓިކް ދިރާސާތައް ކުރުމަށް ފަހުގައެވެ. ކޯވިޑް-19 ޖެހުނު 160 މީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ވައިރަސްގެ ޖީނޯމް ދިރާސާ ކުރުމަށް ފަހުއެވެ. މިހާ ހިސާބަށް އައި އިރު ނޮވެލް ކޮރޯނާވައިރަސް ގެ އޮރިޖިނަލް ބާވަތުން އިތުރު ދެ ބާވަތް އުފެދި މިހާރު ޖުމްލަ 3 ބާވަތަކަށް އެ ވައިރަސް ބަދަލުވެފައިވާކަމަށް ހާމަކުރެއެވެ.
ސައިންސްވެރިން މި 3 ބާވަތައް ދީފައިވާ ނަމަކީ، "ޓައިޕް އޭ"، "ޓައިޕް ބީ"، އަދި "ޓައިޕް ސީ" އެވެ.
ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލުވި ކަމަށް ބެލޭ ވާލުގެ ހަށިގަނޑުން ފެންނަ ކޮރޯނާވައިރަސް އާ އެންމެ އެއްގޮތްކަން ބޮޑީ އިންސާނުންގެ ހަށިގަނޑުން ފެންނަ "ޓައިޕް އޭ" ވައިރަސް އަށެވެ. އެހެން ކަމުން ސައިންސްވެރިން ދެކޭ ގޮތުގައި މި 3 ބާވަތުގެ ތެރެއިން އެންމެ ދޮށީ ބާވަތަކަށް ވާނީ "ޓައިޕް އޭ" އެވެ.
މިވައިރަސްގައި މުޅިދުނިޔެ ހުއްޓުމަކަށް އައިސް އިންސާނީ ދަރިފަސްކޮޅު ބޮޑު މުސީބާތަކާއި ކުރިމަތި ވެފައިވާއިރު މި ނުރައްކާތެރި ވައިރަސްއަށް އެކަށީގެންވާ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ރެއާއި ދުވާލު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!