ރާއްޖެ އަށް މި ވަގުތު ދަތުރުކުރަނީ ދުވާލަކު އެންމެ ދެ އިންޓަނޭޝަނަލް ފްލައިޓް ކަމަށާއި އެތެރޭގެ އުދުހުންތައް ވެސް ދުވާލަކު ފަސް ފްލައިޓަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 52 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަަދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ، މިދިޔަ 2019 ވަނަ އަހަރަކީ ވީއައިއޭ އަށް ރެކޯޑް އަހަރެއް ކަމަށާއި އެގޮތުން، އެއާ ޓްރެފިކް މޫވްމަންޓް 16 އިންސައްތަ އިތުރުވެ، ފަސިންޖަރުންގެ އަދަދު 13 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، އެ ހާލަތު މުޅިން އެއްކޮށް ބަދަލުވެފައިވާ ކަމަށް މޫސާ ސޯލިހް ފާހަގަކުރެއްވި އެވެ.

ކުރިން ވީއައިއޭ އަށް ދުވާލަކު 40 އިންޓަނޭޝަނަލް ފްލައިޓް ޖެއްސިޔަސް، މިހާރު އެ އަދަދު އެންމެ ދެ ފްލައިޓަށް ދަށަށް ގޮސްފި. އަދި ކުރިން 50 ޑޮމެސްޓިކް ދަތުރުކުރި ނަމަވެސް، މިހާރު ކުރަނީ ދުވާލަކު އެންމެ ފަސް ދަތުރު

Ad
rt

މޫސާ ސޯލިހް ވިދާޅުވި އެވެ.

މި ހާތަލުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ އެމްއޭސީއެލްގެ މުވައްޒަފުން އެ އަދާކުރަނީ ގައުމީ ހިދުމަތެއްކަން ފާހަގަ ކުރައްވާ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން، ކޮންމެ ރެއަކު ވެސް 9:00 އިން ފަތިހު 6:00 އަށް ވީއައިއޭ ބަންދުކުރަން ވަނީ ނިންމާފަ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، މާޗު 28 އިން ފެށިގެން ރާއްޖެ އަށް އެއްވެސް ގައުމެއްގެ މީހުން ވަނުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އަދި އޮން އެރައިވަލް ވިސާ ދިނުން ވަގުތީގޮތުން ސަރުކާރުންވަނީ ހުއްޓާލާފައެވެ. މިވަގުތު ރާއްޖޭގައި ތިބި ޓޫރިސްޓުން ބަލާ އަންނަ ވަރަށް މަދު ފްލައިޓެއް ފިޔަވައި ރާއްޖެ އަށް ބޭރުގެ އެއްވެސް ފްލައިޓެއް އޮޕަރޭޓެއް ނުކުރެ އެވެ.

ވީއައިއޭ ހުޅުވާފައި ވަނީ، 12 އޭޕްރީލް 1966 ގަ އެވެ.