އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސައިން އަމުރު ކ. ކާށިދޫއަށް ޒިޔާރަތް ކުރަށްވައި އެރަށު ދަނޑުވެެރިންނާއި ބައްދަލު ކުރަށްވައިފިއެވެ.
އެސްޓީއޯ އެމްޑީ އަމުރުގެ މިޒިޔާރަތުގައި ކާށިދޫގެ ދަނޑުވެރިންނާއި ބައްދަލުކޮށްފައިވަނީ އެސްޓީއޯއިން ފަށާފައިފައިވާ ދަނޑުވެރިކަމާއި ގުޅޭ މަޝްރޫއުއާއި ގުޅިގެންނެވެ.
STO CEO&MD visits K. Kaashidhoo and meets the farmers regarding STO's Agricenter project. The opening of Agricenter will ensure consistent income for our farmers. The hotline for Agricenter is 7291137. pic.twitter.com/rFs7kg4hez
— STO (@stoplc) April 11, 2020
އެސްޓީއޯއިން ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކުމަށް ހުޅުވާ އެގްރިސެންޓަރުން ދަނޑުވެރިންނަށް އާމްދަނީ ހޯދޭނެ މަގު ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯއަށް ގަންނާނެ ކަމަށް ޢިއުލާން ކުރައްވައި، ރާއްޖޭގެ ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީ ވުމަށް އޭޕްރިލް 2 ވަނަ ދުވަހު އެކުންފުނިން ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!