ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްރަށަށް ދިއުމުގެ ހުއްދަ ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އާންމު ޢިއުލާނެއްގައި ބުނީ ފަތުރުވެރިން އެތެރެވުމަށްޓަކައި ދެވޭ އޮން އެރައިވަލް ވިސާ 2020 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ، އެޗްޕީއޭއިން އަންގާފައިވާ އެންގުމުގެ ހާލަތަށް ބަލައި ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމަށް ހުއްދަ ދީފިކަމަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ކުރިން ހަމަޖައްސާފައި އޮތް އުސޫލަކީ ރިސޯޓްތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރުމަށް ފަހު އެ މީހުން ދޫކޮށްލުން ކަމަށް ވިޔަސް، މިހާރު އޮތީ ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ވިދާޅުވެފައެވެ.
ރޭގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ އެންމެ ފަހުން ޓޫރިސްޓަކު ދިޔަ ފަހުން 14 ދުވަސް ވެފައިވާ ރިސޯޓްތަކުގައި އަލާމާތެއް ހުރި މީހަކު ނެތް ކަމަށް ވަނީ ނަމަ މުވައްޒަފުން ވަކިވަކިން ފޯމު ފުރަން މިހާރު ނުޖެހޭނެ ކަމަށެވެ.
މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި ކާފިއުވެސް އިއްޔެއިން ފެށިގެން އެޗްޕީއޭއިން ވަނީ ބާޠިލް ކޮށްފައެވެ. ނަމަވެސް އެސިޓީގައި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެއުޅުން
ހުއްޓާލުމަށް އަންގާފައިވާ އެންގުން ދެމިއޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!