އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އިއްޔެ މަރުވެއްޖެއެވެ.

Ad
rt

އެ ޤައުމުން އިއްޔެ އެކަނިވެސް ވަނީ 1900 މީހުން އެބަލީގައި މަރުވެފައެވެ. އިއްޔެ އެ ޤައުމުން 33،536 މީހުން ވަނީ އަލަށް އެބައްޔަށް ފައްސިވެސް ވެފައެވެ.

ކޮވިޑް-19 އެމެރިކާ ،10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • ފައްސިވި މީހުންގެ ޢަދަދު: 468,566
  • މަރުވި މީހުންގެ ޢަދަދު: 16,691
  • ރަނގަޅުވި މީހުންގެ ޢަދަދު: 25,928

އެމެރިކާގެ އެންމެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާ ނިވިިޔޯކު ސިޓީއިން އެކަނިވެސް އިއްޔެ ވަނީ799 މީހުން މިބަލީގައި މަރުވެފައިއެވެ. އެސިޓީއިން މިހާތަނަށް 161,504 މީހުން ވަނީ މިބައްޔަށް ފައްސިވެފައެވެ. އެއްޔެވެސް އެސިޓީގެ 10,333 މީހުންވަނީ މިބައްޔަށް ފައްސިވެފައެވެ.

ރެކޯޑުތައް ދައްކާގޮތުން ފާއިތުވި ތިން ދުވަހަކީ އެބަލީގައި ޖެހިޖެހިގެން އެންމެ ގިނަ މީހުން އެ ޤައުމުން މަރުވި ތިން ދުވަހެވެ.

ފާއިތުވި 3 ދުވަހު އެމެރިކާއިން މަރުވި މީހުންގެ ޢަދަދު (ދުވަސްތައްވަކިން)

  • 9 އޭޕްރިލް 2020، 1900
  • 8 އޭޕްރިލް 2020، 1940
  • 7 އޭޕްރިލް 2020، 1971

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 މިހާރުވަނީ ދުނިޔޭގެ އެކި ބައްރުން209 ޤައުމަކަށާއި ސަރަޙައްދަކަށް ފެތުރި މިހާތަނަށް 1،603،433 މީހުން މިބައްޔަށް ފައްސިވެފައެވެ.