އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ރާއްޖޭގެ ދެކުނު ރަށަކުން ހައްޔަރުކޮށްފި އެވެ.
މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓް ކުރިއިރު، އެ ޑިވިޝަންގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ރަށްތަކެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގޯނާ ކުރާ މައްސަލަތަކަށް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އޭގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުގެ ފަހުކޮޅާއި މި އަހަރުގެ ކުރީކޮޅު ފެންމަތިވެފައިވެ އެވެ. އޭގެ ތެރޭގައި ވަރަށް ޅަ އުމުރުގެ ތުއްތު ކުޑަކުދިންގެ ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!