ކަންނެލި ގަންނަނީ ލޯނު ހޯދަން އެއްބަސްވާ އަގަކަށް ނޫންކަމަށް ކުރީގެ ޤައުމީ ޓީމްގެ ގޯލް ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.

މަސްވެރިއްނާއި ދޭތެރޭ ކިރިޔާވެސް ހެޔޮ އެދޭ ނަމަ މިވަގުތު މިހެން ކަންތަކެއް ނުކުރާނެކަމަށްވެސް އިމްރާން ބުނެފައިވެއެވެ.

Ad
rt

ކަންނެލި މަސްވެެރިކަން ކުރާ މީހުންގެ ހައްޤުގައި އިމްރާން ކުރި ޓުވީޓެއްގައި ބުނީ 25 ރުފިޔާ އަށް ހުރިހާ ކައްނެލި ނަގަން އެއްބަސްވެ، އެގްރީމެންޓް ގައި ސޮއިކޮށް ލޯނު ހޯދައިގެން އެއްބައި ކައްނެލި 15 ރުފިޔާ އަށް ގައްނަ ކުންފުނި ވެސް އުޅޭ ކަމަށެވެ.

ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު މިމޭރުމުން ޓުވީޓުކުރީ "ދިވެހި މަސްވެރިން" ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓަކާއި ގުޅުވައިގެންނެވެ.

ދިވެހި މަސްވެރިން ޖަމްޢިއްޔާގެ ޓުވީޓުގައި ބުނެފައިވަނީ ‏މިހާރުގެ ދޯނިފަހަރުތަކުގައި މަހަށްފުރާ ކޮންމެ ދުވަހަކު، ތެލާއި، ކެއުމާއި އެހެނިހެން ޚަރަދަށް މަދުވެގެން -/10000 ރުފިޔާ ޚަރަދުވާކަމަށާއި، ހަފްތާއަކު -/60000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށެވެ.

މަސްކިރުވާފަ ފައިސާ ނުލިބެންޏާ، މަހަށް ދިއުމަކީ އުނދަގޫކަމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއާއި، އެވުޒާރާގެ މިނިސްޓަރާއި އަދި އިކޮނޮމިކް މިނިސްޓްރީ ޓެގް ކޮށްފައިވާ ޓުވީޓުގައި ވެއެވެ.

ބެލެވޭގޮތުގައި ދިވެހި މަސްވެރިން ޖަމްޢިއްޔާގެ ޓުވީޓުގައި ހިމަނާފައިވަނީ ކަންނެލި ގަންނަ ދިވެހި ކުންފުންޏެއްގެ އޮފިޝަލަކު ނޫހަކަށް ދީފައިވާ ބަސްދީ ގަތުމެއްގެ ބަޔެކެވެ.

އިމްރާނުގެ ޓުވީޓާއި ގުޅިގެން އެ ޓުވީޓު ހިއްސާކޮށް ދިވެހި މަސްވެރިން ޖަމްޢިއްޔާގެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލީ އެހީ ދެނީ މަސްވެރިޔާއަށް ކަމަށާއި ކުންފުނި ތަކަށް ނޫންކަމަށެވެ. 10 ޓަނު ކަންނެއްޔަށް 150،000 ދޭން ލޯނު ދެނީ ކީއްކުރަންތޯވެސް މަސްވެރިކަމާއި ބެހޭ ވަޒީރާއި، އިކޮނޮމިކް މިނިސްޓަރ ޓެގް ކޮށްފައިވާ އެ ޓުވީޓުގައި ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ‏އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށާއި މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުން ފަދަ ކަންކަން ސަރުކާރުން ވަނީ މިހާތަނަށް ހަމަޖައްސައި ދީފައެވެ.