ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަނޑިތީމު ރަށްވެހިންނަށް ކައުންސިލުން އެހީތެެރިވުމުގެ މަސައްކަތް ފަށައިފިއެވެ.
އެކައުންސިލްގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިސޯޓްތަކުގައާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ކަނޑިތީމު ރަށްވެހިންގެ ތެރެއިން 01 މާރޗް 2020 ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެކައުންސިލާއި ހިއްސާ ކޮށް ދިނުމަށް އެދޭ ކަމަށެވެ.
އެފަދަ ފަރާތެއް ހުރިނަމަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެކައުންސިލުން ނިންމާފައިވާކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.
" ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކެއްގެ، މުސާރައާއި އިނާއަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާއަތްތައް ނުލިބޭ ގޮތަށް، ނޯޕޭ ލީވް ނަގަން މަޖްބޫރު ކުރުމާއި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ. " ކަނޑިތީމު ކައުންސިލް ފޭސްބުކް ޕޯސްޓްގައި ބުނެފައި ވެއެވެ.
އެކައުންސިލުން ބުނެފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ފަރާތްތަކުން 9 އޭޕްރީލް 2020 ވާ ބުދަ ދުވަހުގެ 10:30 ކުރިން އެކަމަށް ކައުންސިލުން ހާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުން އެކައުންސިލުން އެދެއެވެ.
އެފޯމު އޮންލައިނުކޮށް ފުރޭނެ ފަސޭހަ އިންތިޒާމުވެސް އެ ކައުންސިލުން ވަނީ ހަމަޖައްސައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!