ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. އަދި މިބަލި މުޅި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު ވަނީ 1،201،473 އަށް އަރައިފިއެވެ.

ކޮވިޑް-19 ސްޕޭން ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

Ad
rt

ޕޮޒިޓީވް މީހުންގެ ޢަދަދު: 126،168
މަރުވި މީހުންގެ ޢަދަދު: 11،947
ރަނގަޅުވި މީހުންގެ ޢަދަދު: 34،219

ކޮވިޑް-19 އެންމެ ގިނައިން ދެވަނައަށް ޖެހުނު ޤައުމަކަށް ސްޕޭން ހިމެނުނު އިރު، އެ ޤައުމުން މި ބަލި ޖެހުނު މީހުންގެ ޢަދަދާއި، އިޓަލީ ވިލާތުން މިބަލި ޖެހުނު މީހުންހެ ޢަދާއި ހުރީ ކުޑަ ތަފާތެކެވެ.

ކޮވިޑް-19، އިޓަލީ ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓީވް މީހުންގެ ޢަދަދު: 124،632
މަރުވި މީހުންގެ ޢަދަދު: 15،362
ރަނގަޅުވި މީހުންގެ ޢަދަދު: 20،996

މިބަލި މިހާރުވެސް އެންމެ ހަލުވިކަމާއިއެކު ފެތުރެނީ އެމެރިކާގައެވެ. އިއްޔެވެސް އެމެރިކާއިން 34،196 މީހުން މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައިއެވެ.

ކޮވިޑް-19، އެމެރިކާ ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓީވް މީހުންގެ ޢަދަދު: 311،347
މަރުވި މީހުންގެ ޢަދަދު: 8،452
ރަނގަޅުވި މީހުންގެ ޢަދަދު: 14،825

ސްޕޭނުން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. އެދުވަހު ވަނީ އެ ޤައުމުން 2 މީހުންނަށް މިބަލި ޖެހިއްޖެކަން ރިޕޯޓް ކޮށްފައިއެވެ.

ކޮވިޑް-19 މުޅި ދުނިޔެ ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓީވް މީހުންގެ ޢަދަދު: 1،201،473
މަރުވި މީހުންގެ ޢަދަދު: 64،691
ރަނގަޅުވި މީހުންގެ ޢަދަދު: 246،467

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން
  • 2020 މާރިޗް 31، 800،000 މީހުން
  • 2020 އޭޕްރިލް 1، 900،000 މީހުން
  • 2020 އޭޕްރިލް 2، 1،000،000 މީހުން
  • 2020 އޭޕްރިލް 3، 1،100،000 މީހުން
  • 2020 އޭޕްރިލް 4، 1،200،000 މީހުން

މިބަލި އިއްޔެ އެކަނިވެސް 84،811 މީހުންނަށްވަނީ ޖެހިފައެވެ. މިބަލީގައި އިއްޔެ 5،517 މީހުންވަނީ މަރުވެފައެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 206 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.