އިސްރާއީލުގެހެލްތު މިނިސްޓަރު ޔައުގޫބު ލިޓްސްމަންއާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިސްރާއީލުގެ ހެލްތު މިނިސްޓަރުގެ އޮފީހާއި ހަވާލާދީ "ޓައިމްސް އޮފް އިޒްރޭލް"އިން ބުނީ ލިޓްސްމަންއާއި އޭނާގެ އަނބިކަނަބަލުން ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނުމާއެކު އެ ދެމަފިރިކަނަބަލުން ޓެސްޓްކުރުމުން އެ ދެމަފިރިކަނބަލުންވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމުގައެވެ.
Health Minister Litzman, wife test positive for coronavirus https://t.co/KKCZmtDGeJ
— The Times of Israel (@TimesofIsrael) April 1, 2020
ޓައިމްސް އޮފް އިޒްރޭލްގައި ބުނާ ގޮތުން އިސްރާއީލުގައި ކޮރޯނާވައިރަސް ފެތުރެމުންދާ މި ދުވަސްވަރު ޔައުގޫބު އުޅުއްވީ އާންމުންގެ ތެރެއަށް ވަރަށް ބޮޑަށް ނުކުމެވަޑައިގެންނެވެ. ޔައުގޫބުގެ އަނބިކަނބަލުންނަށް ކޮރޯނާވައިރަސް ޖެހުނީ އޭނާގެ ފަރާތުންކަމަށް ބެލެވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތުން މަސައްކަތްކުރައްވާ މުސްތަޝާރު ރުބެކާ ބޮލްވޮޝްވެސް ދާދި ފަހުން ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ނަތަންޔާހޫވެސް ކަރަންޓީނުގައި އުޅުއްވިއެވެ. އޭގެ ފަސް ދުވަސްފަހުން ކުރި ޓެސްޓުތަކުން ނަތަންޔާހޫ ވަނީ ކޮރޯނާއަށް ނެގެޓިވް ވެފައެވެ.
މިހާތަނަށް އުމެއްގެ އެންމެ އިސް ވެރިއެއްގެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ. އޭގެ އިތުރުން ކެނެޑާގެ ފަސްޓްލޭޑީ ސޯފީ އަދި ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބް ކާރމަން ކަލްވޯވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، ކޮވިޑް-19 ވައިރަސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރި، ސިޔާސީ އެތައް ލީޑަރުންނަށްވެސް ބަލިޖެހިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!