ފާއިތުވި 5 ދުވަސްތެރޭ އެމެރިކާގެ އިތުރު 1 ލައްކަ މީހުންނަށް ކޮވިޑް-19 ޖެހިއްޖިއްޖެއެވެ.

އެ ޤައުމުން މިހާރު 205،036 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. މިއަދު އެކަނިވެސް އެ ޤައުމުގެ 16506 މީހުންނަށް މިބަލި ޖެހުނެވެ.

Ad
rt

އެމެރިކާއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 1 އަށް އެރީ ހުސްވި މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހާއި ހަމައަށް އެ ޤައުމުގެ 104،126 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ.

އެ ޤައުމުން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 4516 މީހުންނެވެ.

އެމެރިކާގައި މިބަލި އެންމެ ބާރަށް ފެތުރެނީ ނިއުޔޯކުގައިއެވެ. އެ ސިޓީގެ 83،712 މީހުންނަށް މިބަލި ޖެހިފައިވާއިރު، އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އެސިޓީއިންނެވެ. އެ ސިޓީއިން މިހާތަނަށް 1941 މީހުން ވަނީ މަރުވެފައިއެވެ. މިއަދުވެސް އެ ސިޓީގެ 7729 މީހުންނަށް މި ބަލި ޖެހުނެވެ.

އެ ޤައުމުން ދެވަނައަށް އެންމެ ބާރަށް މިބަލި ފެތުރެނީ ނިއުޖާސީގައިއެވެ. އެސިޓީގެ 22،255 މީހުންނަށް މިބަލި ޖެހިފައިވާއިރު، ތިން ވަނައަށް އެންމެ ގިނަމީހުންނަށް މިބަލި ޖެހިފައިވަނީ 8،704 މީހުންނަށް މިބަލި ޖެހިފައިވާ ކެލިފޯނިއާއެވެ.

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މުޅި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާރުވަނީ މިލިއަނަކާއި ކައިރި ވެފައިއެވެ.

ކޮވިޑް-19 ،1 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 23:25 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓީވް މީހުންގެ ޢަދަދު: 917،913 މީހުން
މަރުވި މީހުންގެ ޢަދަދު: 46،062 މީހުން
ރަނގަޅުވި މީހުންގެ ޢަދަދު: 193،333 މީހުން

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 203 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.