ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ. އިނގިރޭސި ވިލާތުން އެނބުރި އައި މި މީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާ.
— Health Protection Agency (@HPA_MV) April 1, 2020
އިނގިރޭސި ވިލާތުން އެނބުރި އައި މި މީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހެއްކަމަށް އެފަރާތުން ހާމަކުރެއެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިވަނީ 18 އަށް އިތުރުވެފައެވެ. އަދި އެ ނަވާރަ މީހުންގެ ތެރެއިން 13 މީހުން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ދެ މީހުންނަކީ ރާއްޖެ ދޫކޮށް ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ސާމްޕަލްތަކުން ދެއްކި އިޓާލީވިލާތުގެ ދެމީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން މިހާތަނަށް ވަނީ 1137 ސާމްޕަލް ނަގާފައެވެ. މީގެ ތެރެއިން 1114 ސާމްޕަލްގެ ނަތީޖާ ކޯވިޑަށް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. މިހާތަނަށް ނަތީޖާ ނުލިބި 5 ސާމްޕަލެވެ.
ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 19 މީހުންނަކީ:
- 7 މާރޗް 2020 ކުރެއްދޫ އިން 2 ބިދޭސީން
- 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 ބިދޭސީން
- 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 ބިދޭސީން
- 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 ބިދޭސީން
- 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 ބިދޭސީއެއް
- 14 މާރޗް 2020 ކުރެއްދޫއިން 1 ބިދޭސީއެއް
- 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން ބިދޭސީއެއް
- 15 މާރޗް 2020 އައިލެންޑް ސަފާރީއިން 2 ބިދޭސީން
- 27 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
- 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 ބިދޭސީން
- 29 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
- 31 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
- ވެލިދޫ އައިސޮލޭޝަންގައި ހުރި ޔޫކޭއިން އައި ދިވެއްސެއް
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 19 އަށް އިތުރުވެފައި ވީނަމަވެސް، “ކޮމިއުނިޓީ ސްޕްރެޑެއް” ނުވަތަ ޢާންމުންގެ ތެރޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް ނެތްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ބަލިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!