ހުޅުމާލޭގެ ސަފާރީތަކުގައި ތިބި މުވައްޒަފުން ދަނީ ޑިންގީތަކެއްގައި އައިސް ލަކުޑި ފާލަންކައިރީ އިހުތިޖާޖުކުރަން ފަށައިފިއެވެ.
އެފަރާތްތަކުން އިހްތިޖާޖް ކުރަމުން ދަނީ 14 ދުވަސް ހަމަވުމުންވެސް ބޯޓު ތަކުން ނުފޭބޭތީކަމަށް ބަޔެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި އިހްތިޖާޖުގައި ގާތްގަނޑަކަށް 40 ޑިންގީ ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.
މި އިހްތިޖާޖާއި ގުޅިގެން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެންބީއޭއެމް)ގެ ފަރާތުން ވަނީ ކޮވިޑް-19 ގެ ކަންތައްތަކާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް ތަބާވުމަށް ހުރިހާ ސަފާރީތަކަށް ގޮވާލާފައެވެ.
އެންބީއޭއެމްއިން ބުނީ އެޗްޕީއޭއިން ބޯޓުތަކާާއި ރިސޯޓްތަކުގައި މަޑުކުރަން އެންގުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން އިހުތިޖާާޖުކުރަމުންދާާ ކަމަށާއި، އެކަން ކުށްވެރި ކުރާާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާާލަތުގެ ދަށުން މިފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދެވޭނެކަމަށް ވިދާޅުވެފައެވެ.
އެންބީއޭއެމްއިން އިތުރަށް ބުނީ މިފަދަ ވަގުތުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ބޯޓުން ފޭބުމަށް މަސައްކަތްކުރާ ކްރޫއިންނާާއި ވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އެފަރާތުން ފާާހަގަކުރި ގޮތުގައި ސަރުކާާރުން ވަނީ ވަޒީފާގެ ހާލަތު ބަަދަލުކުރާ ފަރާތްތަކާއި ވަޒީފާއިން ވަކިކުރާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓަރވުމަށް އަންގާފައެވެ.
އެންބީއޭއެމްއިން ވަނީ މިފަދަ ވަގުތުތަކުގައި އިދާރާތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!