ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ތިންވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ.
މިބަލި އެ ޤައުމުން މިހާތަނަށް 87956 މީހުންނަށް ވަނީ ޖެހިފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ސްޕޭނުން 913 މީހުން މިބަލީގައި ވަނީ މަރުވެފައިއެވެ.
އެ ޤައުމުން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. އެދުވަހު ވަނީ އެ ޤައުމުން 2 މީހުންނަށް މިބަލި ޖެހިއްޖެކަން ރިޕޯޓް ކޮށްފައިއެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިބަލި، ޗައިނާއިން މިހާތަނަށް ޖެހިފައިވަނީ 81340 މީހުންނަށެވެ. ޗައިނާއަކީ މިބަލި ފެތުރެން ފެށި، އަދި މިދިޔަ ހަފްތާއާއި ހަމައަށް އެންމެ ގިނަ މީހުން ބަލި ޖެހުނު ޤައުމު ގޮތުގައި ރެކޯޑް ކުރެވިފައި އޮތް ޤައުމެވެ.

ކޮވިޑް-19 ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ޕޮޒިޓީވް މީހުންގެ ޢަދަދު: 785،409 މީހުން
- މަރުވި މީހުންގެ ޢަދަދު: 37،807 މީހުން
- ރަނގަޅުވި މީހުންގެ ޢަދަދު: 165،387 މީހުން
ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހިފައިވާ 10 ޤައުމު ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- އެމެރިކާ 163844 މީހުން
- އިޓަލީ 101739 މީހުން
- ސްޕޭން 87956 މީހުން
- ޗައިނާ 81439 މީހުން
- ޖަރުމަން 66885 މީހުން
- ފްރާންސް 44550 މީހުން
- އީރާން 41495 މީހުން
- ޔޫކޭ 22141 މީހުން
- ސްވިޒަލޭން 15922 މީހުން
- ބެލްޖިއަމް 11899 މީހުން
ދުނިޔޭގައި އެންމެ ބާރަށް މިހާރު މިބަލި ފެތުރޭ އެމެރިކާ ފިޔަވައި އިޓަލީ ވިލާތުގެ އިތުރުން، ސްޕޭނަކީ މިހާރު މިބަލި އެންމެ ބާރު މިނެއްގައި ފެތުރެމުންދާ ޤައުމެވެ. އަދި މިބަލި އެންމެ ބާރު މިނެއްގައި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 200 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!