ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެބޭންކުން ފަސްކޮށްދީފިއެވެ.

އެބޭންކުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް
ހަޔަރ އެޑިޔުކޭޝަނުން ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދޭނެކަން ހާމަކޮށްފައެވެ.

Ad
rt

މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިވަނީ މާރިޗު 2020 އިން ފެށިގެން 6 މަސް ދުވަހަށް ފަސްކޮށްދެވިފައިކަމަށާއި އަދި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައިކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުންނެވެ. އަދި މި ގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން މިކަމަށް އެދި ހުށަހަޅާކަށްވެސް ނުޖެހޭނެއެވެ.

މީގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެކަމަށް ގައުމީ ބޭންކުން ބުނެއެވެ.