ކޮރޯނާ ވައިރަސް - ފަހި ވިސްނުމަކުން ވިސްނައިފިނަމަ އެތައްކަމެއް ދަސްވާނެ: ބިލްގޭޓް

A2A8FDB7-5131-45AD-85D8-414F1CF9FFC3

ބިލްގޭޓަކީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެކެކެވެ. މުޅި ދުނިޔެ ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބިލްގޭޓް ދަނީ ތަފާތު ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. އޭނާވަނީ އެ މަސައްކަތަށް 85 މިލިއަން ޕައުންޑް ހަދިޔާ ކުރައްވާ ފައެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އަހަރެމެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ރަނގަޅު އަދި ރޫހީ ކަންތައްތަކެއް ވެއެވެ. ހަމަ އެގޮތަށް ކޮރޯނާ ވައިރަހާއި ބެހޭގޮތުންވެސް އޭނާ ވަނީ ވަރަށް މުހިއްމު މެސެޖުތަކެއް ފޯރުކޮށް ދެއްވާފައެވެ. އެކަންކަން ތިރީގައި ފާހަގަ ކޮށްލާނަމެވެ.

1) ކޮވިޑް 19 އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެން އެންމެންނަކީ ހަމަހަމަ ބައެއް ކަމެވެ.ޙިއްސާކުރާ ސަގާފަތާއި، ދީނާއި، ވަޒީފާއާއި، މުއްސަދިކަމާއި، މަޝްހޫރު ކަމަކަށް އެ ވައިރަހެއް ނުބަލައެވެ. އެންމެންނާއި މެދުވެސް ކަންކުރަނީ އެއް ގޮތަކަށެވެ.

2) ކޮވިޑް 19 އަހަރެންނަށް ބުނެދެނީ އަހަރެމެން އެންމެން މިތިބީ ގުޅިފައި ކަމަށެވެ. އެކަކަށް ކަމެއް ދިމާވުމުން އޭގެ އަސަރު އެންމެންނަށްވެސް ކުރާނެ ކަމެވެ. ގައުމުތައް ބޯޑަރުތަކުން ވަކިކޮށްފައި ވީނަމަވެސް އެ ވައިރަހަށް ޕާސްޕޯޓެއް ބޭނުން ނުވާކަމެވެ.

3) ކޮވިޑް 19 އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެންގެ ސިއްހަތަކީ ކިހާ މުހިއްމު ނިއުމަތެއް ކަމެވެ. އަދި ބުނެދެނީ އަހަރެމެން ދިރިހުރުމަށް ފައިދާހުރި ކާނާއާއި ސާފުފެން ބުއިމަށް އިހުމާލުވެފައިވާ މިންވަރެވެ. ސިއްހަތަށް ނުބަލާ ނަމަ ބަލިވާނެ ކަމެވެ.

4) ކޮވިޑް 19 އަހަރެންނަށް ހަނދާންކޮށްދެނީ އަހަރެމެންގެ ހަޔާތުގެ ކުރުކަމެވެ. އަހަރެމެން ކުރަން އޮތް މުހިއްމު އެއްކަމަކީ މިކުރު ހަޔާތުގައި އެކަކު އަނެކަކަށް އެހީވުން ކަމެވެ. ޚާއްޞަކޮށް ބަލި މީހުންނަށެވެ.

5) ކޮވިޑް 19 އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެންގެ މުޖުތަމަޢު މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މިންވަރެވެ. އަހަރެން ކާ ކާނާއަށްވުރެ މާއްދީ ތަކެއްޗަށް ސަމާލުކަން ދެވޭ މިންވަރެވެ.

6) ކޮވިޑް 19 އަހަރެމެންނަށް ބުނެދެނީ ޢާއިލީ އަދި ގެވެހި ދިރިއުޅުމުގެ މުހިއްމު ކަމެވެ. އަދި އެކަންކަން އަހަރެމެން ހަނދާން ނައްތާލައިފައިވާ މިންވަރެވެ. އެވައިރަސް އަހަރެމެންނަށް ބާރު އަޅަނީ ގެއަށް ވަދެ ގޭގައި ކުރަންހުރި ކަންތައްކޮށް ޢާއިލީ ގުޅުން ވަރުގަދަ ކުރުމަށެވެ

7) ކޮވިޑް19 އަހަރެމެންނަށް ބުނެދެނީ އަހަރެމެންގެ ހަޤިޤީ މަސައްކަތަކީ ވަޒީފާގައި ކުރާ މަސައްކަތް ނޫންކަމެވެ. އަހަރެމެންގެ ހަޤީޤީ މަސައްކަތަކީ އެކަކު އަނެކަކަށް އަޅާލުމެވެ. އެކަކު އަނެކަކު ހިމާޔަތް ކުރުމެވެ. އަދި އެކަކު އަނެކެއްގެ ކިބައިން މަންފާއާއި އެހީތެރިކަން ހޯދުމެވެ.

8) ކޮވިޑް 19 އަހަރެމެންނަށް ބުނެދެނީ އަހަރެމެން ވިސްނާގޮތާއި މެދު އަލުން ވިސްނުމަށެވެ. އެވައިރަސް އަހަރެމެންނަށް ހަނދާންކޮށްދޭ ކަމަކީ އަހަރެމެންގެ ވިސްނުން ކިތަންމެ މޮޅަސް، އެހެންމީހުން އަހަރެމެންނާއިމެދު ކިތަންމެ ރަނގަޅަށް ދެކުނަސް ވައިރަހެއް އަހަރެމެން ހުއްޓުވާލައިފާނެ ކަމެވެ.

9) ކޮވިޑް 19 އަހަރެމެންނަށް ހަނދާންކޮށްދެނީ ކަންތައްތައް ކުރަންވީ ގޮތުގެ އިޚުތިޔާރު އަހަރެމެންގެ ކިބައިގައިވާ ކަމެވެ. އެހެންމީހުންނާއި ގުޅިގެން އެކަކު އަނެކަކަށް އެހީތެރިކަމާއި އެއްބާރުލުން ދީގެން، ކަންކަން ހިއްސާކޮށްގެން އުޅޭނީތޯ ނުވަތަ އަމިއްލަ އެދުމާއިގެން ފައިސާއާއި މުދާ ރައްކާކޮށްގެން އުޅޭނީތޯ ނިންމާނީ އަހަރެމެން އަމިއްލަ އަށެވެ.

10) ކޮވިޑް 19 އަހަރެމެންނަށްދޭ ފިލާވަޅަކީ މިފަދަ ނުރައްކާތެރި ދަނޑިވަޅުތަކުގައި އަހަރެމެން ކެތްތެރިވާނީތޯ ނުވަތަ ބީރާސްވާނީތޯއެވެ.

11) ކޮވިޑް 19 އަހަރެމެންނަށް ބުނެދެނީ މިއީ ނިމުމެއް އަދި އަލުން ފެށުމެއް ކަމަށެވެ. އަހަރެމެންނަށް ކުރެވިފައިވާ ގޯސް ކަންތައްތަކާއިމެދު ވިސްނައި އެކަންކަމުން އިބްރަތް ހާސިލްކޮށް އަލުން އާހަޔާތެއް ފަށަން މި ވައިރަސް ބުނެދެއެވެ.

12) ކޮވިޑް 19 އަހަރެމެންނަށް ބުނެދެނީ މިދުނިޔެއަކީ ބަލީގެ ދާނެއް ކަމެވެ.

13) ކޮވިޑް 19 އަހަރެމެންނަށް ދޭ ފިލާވަޅަކީ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަމެވެ. ދިރިޢުޅުމަކީ އިމްތިހާނެކެވެ. މިއީވެސް އެ މިމްތިހާނުން ކުރިމަތިލާން ޖެހޭނެ ކަންކަމެވެ. ބީރާސް ނުވާށެވެ. މިކަންކަމުންވެސް އަރައިގަނެވޭވޭނެއެވެ.

14) ކޮވިޑް 19 ދައްކާ ހެކިތަކަށް ބަލާއިރު މިއީ ދުނިޔެދުށް ބޮޑު ކާރިސާ އެކެވެ. އަހަރެމެން އެންމެންވެސް ޤަބޫލުކުރަންވީ މިއީ އިސްލާހުވާން ލިބުނު ފުރުޞަތެއް ކަމަށެވެ.

ކޮރޯނާ ވައިރަސް އަހަރެމެން ހަނދާން ނައްތާލާފައިވާ މުހިއްމު އެތައް ފިލާވަޅުތަކެއް ހަނދާން ކޮށްދެއްވުމަށް ފޮނުވުނު ވައިރަހެކެވެ. ފަހި ވިސްނުމަކުން ވިސްނައިފިނަމަ އެތައް ކަމެއް ދަސްވާނެއެވެ. ދަސްކުރާށެވެ. އިބްރަތް ހާޞިލު ކުރާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *