ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ދެ ދިވެއްސެއްގެ ފަރާތުން ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށް މޮނީޓާ ކުރަމުންދާ ކަމަށެވެ.

Ad
rt

އޭގެ އިތުރުން ފިލިތެޔޮ ރިސޯޓުން އެއް ބިދޭސީ އަކާއި ދިވެއްސެއްގެ ގައިން އަލާމާތްތައް ފެނިގެން އެ ރިސޯޓުވެސް މޮނީޓާ ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖެގައި މިބައްޔަށް ޕޮޒިޓިވުވި ދިވެހި މީހާއާއި، ރާއްޖެއިން ފުރިފަހުން ޕޮޒިޓިވް ވި އިޓަލީ ދެ ފަތުރުވެރިންނާއި އެކު، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 16 އަރާފައެވެ. މިބަލި ޖެހުނު މީހުން ތެރެއިން ރާއްޖެއިން 9 މީހުން ވަނީ ރަނގަޅުވެފައިވެއެވެ.