ކޮވިޑް- 19އާއި ގުޅިގެން އަންނަ ހަފްތާވެސް ސަރުކާރު ބަންދު ކޮށްފައިވާތީ، ބޭންކު ތަކުގެ ޚިދުމަތް ލިބޭނޭ ގޮތް ހެދުމަށް އަންނަ ހަފްތާގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް، މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައަޅާފައިވާ ދުވަސްތަކުގައި އެސްޓީއޯގެ ސެކިއުރިޓީސް ގަނެވިއްކުމުގެ މުއަލާމާތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
އެމްއެމްއޭ އިން ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހު މަރުކަޒީ ބޭންކާއި ބޭންކުތަކުން ހިދުމަތްދޭ ގޮތަށެވެ. އެހެން ކަމުން އެސްޓީއޯގެ ސެކިއުރިޓީސް ގަނެވިއްކުމުގެ މުއަލާމާތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދޭ ދެ ދުވަހަކީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހުހެވެ.
އެކަމާ ގުޅިގެން އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ދުވަސްތަކުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ އަދި ޑީޕިން ކުންފުނިތައް ކަމަށްވާ އާރިޔާ ސެކިއުރިޓީސް އަދި ސްޓޮކް ބްރޯކާސް އިން އެސްޓީއޯގެ ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ހިދުމަތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ހަމަޖެހިފައިވާ ހުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!