ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގެ ނަމާދު މެދުކަނޑާލައި ޖަނާޒާގައި 20 މީހުންނަށްވުރެ ގިނައިން ބައިވެރިނުވުމަށާއި ކައިވެނީގެ މަޖިލީސްތަކުގަައި ބައިވެރިވެވޭ މީހުންގެ އަދަދު މަދުކޮށް، ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް މަލިކުގެ ދަންނަބޭކަލުންގެ ފަރާތުން ހާއްސަ އިއުލާނެއް ނެރެފިއެވެ.

މި ކާއްސަ އޭލަނެއް (އިޢުލާން) ގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރުންނާ ބުރުވެރި ކޯވިޑް 19 ބީމަރިން މަލިކު ސަލާމަތްކުރުމަށްޓަކައި މަލިކުގައި ހުރިހައި އާލިމުން (ދަންނަ ބޭކަލުން) 2020 މާރޗް 26 ތާރީކު ނެގުނު ފަތްސިލާތައް ދަށުގައި އަންގަނީކަމަށެވެ.

Ad
rt

އެގޮތުން މަލިކުގައި އެއްވެސް މިސްކިތަށްގައި ނަމާދެއް ނުކުރެވޭނެކަމަށާއި މުދިންމީހާ ބަންގިދޭނީ އެކަނިކަމަށާއި ހުކުރު ދުވަހު ހުކުރެއް ނުކުރެވޭނެކަމަށް ބުނެފައިވާއިރު ކޮއްމެވެސް މީހަކު މަރުވެއްޖަނަމަ ވަޅުލާން ދާއިރު 26 މީހުންނަށްވުރެ ގިނައިން ބައިވެރިވެގެން ނުވާނެކަމަށް ބުނެފައިވެއެވެ.

ކާވިންޏެއް ކުރަނީނަމަ ސަހީއާއި އެކު ކާވިނިވެސް އެތާމެ ކޮށްދެވޭނެއެވެ. ކާވެނީގައި އެއްވެސް ހާލެއްގައި 4 (ފިރިހެންފަރާތުން 2 އަންހެން ފަރާތުން 2) މީހުންނަށްވުރެ ގިނަވެގެންނުވާނެއެވެ. މަލިކުގައި ތިބި އެއްވެސް މީހަކު ގޯތިން ބޭރަށް ނިކުމެގެން ނުވާނެއެވެ. ވަރަށް ކާއްސަ ޒަރޫރަތަކައި ހުރެ ނިކުންނަން ޖެހިއްޖެނަމަ ނިކުންނާނީ އެއްމެމީހެކެވެ.

މިއިޢުލާނުގައި ބުނެފައިވެއެވެ.

މަލިކު ބަހުރުވައިން ދިވެހި ތާނަ އަކުރުން ލިޔެފައިވާ މިއިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި އަމުރުތަކަކީ ސަރުކާރުގެ ފަރާތުން ވަކުތްވަގުތުން ނެރެފައިވާ ހުކުންތަކާއި ގުޅިގެންވާ އަމުރުތަކެއް ކަމަށެވެ.

ތިމާގެ އަވަށު އެއްވެސް މީހަކު ގޯތިން ބޭރަށް ނުނިކުމެ ގެތެރޭގައިމެ ތިބުމަށް ހުރިހައި އަވަށްއަވަށު ބޮޑުކާކަމެން ވެސް ހާއްސަ އެހިކަން ބަހައްޓާށެވެ. ސަރުކާރުގެ ހުކުމަށް ތަބާނުވެއްޖެނަމަ އިންޑިޔަން ޕީނަލް ކޯޑް ސެކްޝަން 188، 269، 270 އަދި 271 ގެ ދަށުން ގާނޫނީ ފިޔަލުތައް އެޅޭނެއެވެ. މިއޭލާނަކީ މިބަލި ނުފެތުރި އެއިން ސަލާމަތް ކުރުމަށްޓަކައި ނެގުނު ފަތްސިލާތަކެވެ.

މަލިކުގައި ހުރި ޢަލިމުބޭކަލުން ނެރެނު އިޢުލާނުގައި ބުނެފައިވެއެވެ.

މިއަމުރުތަކަކީ ދާއިމީގޮތަށް ހުރި އަމުރުތަކެއްނޫންކަމަށާއި ސަރުކާރުގެ ވަގުތުން ވަކުތަށް އާނަ ހުކުންތަކާއި ގުޅިގެން މިއަށްވެސް ބަދަލު އެރުވިދާނެކަމަށް މިއިޢުލާނުގައި ބުނެފައިވެއެވެ.

ނޯޓް: މިހަބަރުގައިވާ ބަޔެއް ބަސްމަގު ތަކަކީ މަލިކު ބަހުން ލިޔެވިފައިވާ ބަސްތަކެވެ.