އިނގިރޭސި ސާހީއާއިލާގެ އުމުރުން 71 އަހަރުގެ، ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެކަން ވަނީ އިންޓަރނޭޝަނަލް މީޑިއާގައި ރިޕޯޓް ކޮށްފައެވެ. މީޑިއާ ރިޕޯޓުކޮށްފައިވަނީ " ޕްރިންސް އޮފް ވޭލްވްސް " ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
BREAKING: Prince Charles has tested positive for coronavirus
Get the latest on #COVID19: https://t.co/yxUIrSFsob pic.twitter.com/KGaGyIDvzh
— Sky News (@SkyNews) March 25, 2020
ޗާލްސްގެ ކިބައިން އެބަލީގެ އަލާމާތްތައް ކޮމެވެސް ވަރަކަށް ފެނުނު ނަމަވެސް، ހާލަތު ރަނގަޅު ކަމަށާއި، މިވަގުތު އޭނާ ހުންނެވީ ސްކޮޓްލޭންޑްގައި ސެލްފް އައިސޮލޭސަންގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ ރާނީ އެލިބަޒަތުގެ ދަރިކަލުން އެގައުމުގެ ވަލީއަހުދު ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާގެ ދެވަނަ އަނބިކަނބަލުން ކެމީލާ ވައިރަސް އަށް ޓެސްޓް ކުރި އިރު ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
A statement from the Queen says she "remains in good health" and last saw Prince Charles "briefly on the 12th March".
Read the latest on Prince Charles's #COVID19 diagnosis: https://t.co/Ck55k1awIF pic.twitter.com/uSovVUaSrz
— Sky News (@SkyNews) March 25, 2020
އިނގިރޭސިވިލާތުން މިހާތަނަށް މިބަލީގައި 422 މީހުން މަރުވެ، 8077 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!