ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.

މިވައިރަސް އަދިވެސް ހުއްޓުމެއްނެތި ފެތުރެމުންދާއިރު ދުނިޔޭގެ އެކި ބައްރުން މިއަދާއި ހަމައަށް 400412 މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އަދި މިއަދާއި ހަމައަށް ދުނިޔޭން 17451 މީހުންވަނީ މިބަލީގައި މަރުވެފައެވެ. މިވައިރަސް ޖެހުނު މީހުންތެރެއިން 103748 މީހުން މިހާތަނަށް މިވައިރަސްއިން ފަސޭހަވެފައިވެއެވެ.

Ad
rt

މިއަދު އެންމެ ގިނައިން މިބައްޔަށް މީހުން ޕޮޒިޓިވްވި 10 ޤައުމު

  • އެމެރިކާ 5521 މީހުން
  • ސްޕެއިން 4540 މީހުން
  • ޖަރުމަނު ވިލާތް 2314 މީހުން
  • އީރާން 1762 މީހުން
  • އިނގިރޭސި ވިލާތް 1427 މީހުން
  • ނެދަލެންޑް 811 މީހުން
  • އޮސްޓްރޭލިއާ 536 މީހުން
  • ބެލްޖިއަމް 526 މީހުން
  • ސްވިޒަލޭންޑް 322 މީހުން
  • ޕޯޗުގަލް 302 މީހުން

އިއްޔެ މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީއާއި ފްރާންސްގެ މައުލޫމާތު މިއަދު އަދި އަޕްޑޭޓް ވެފައެއް ނުވެއެވެ.

މިއަދު އެންމެ ގިނައިން މިބަލީގައި މީހުން މަރުވި 10 ޤައުމު

  • ސްޕޭން 489 މީހުން
  • އީރާން 122 މީހުން
  • އިނގިރޭސި ވިލާތް 87 މީހުން
  • އެމެރިކާ 63 މީހުން
  • ނެދަލެންޑް 63 މީހުން
  • ބެލްޖިއަމް 34 މީހުން
  • ޖަރުމަނު ވިލާތް 10 މީހުން
  • ސްވިޑަން 9 މީހުން
  • ސައުތު ކޮރެއާ 9 މީހުން
  • ޑެންމާކް 8 މީހުން

މިބަލި މިއަދު މިހާތަނަށް ދުނިޔޭގެ 22312 މީހުންނަށް އަލަށް ވަނީ ޖެހިފަވެއެވެ. އަދި މިބަލީގައި މިއަދު 973 މީހުން މަރުވެފައިވެއެވެ.

މިވައިރަސް ދުނިޔޭގެ 196 ޤައުމަށާއި، ސަރަހައްދަށް މިހާރު ފެތުރިފައެވެ.

ބަލި ޖެހުނު މީހުން ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު މިއީ ތިން ދުވަސް ތެރޭގައި އެއްލަކަ މީހުން އިތުރުވުމެކެވެ. 3 ލައްކަ މީހުން ހަމަ ވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.